ރަޝިޔާގެ ކަމްޗަޓްކާ ސަރަޙައްދުގައި 30 އަހަރު ތެރޭގައި އެންމެ ބޮޑު ސްނޯގެ ތޫފާން

ކަމްޗަޓްކާގައި ސްނޯ ތޫފާނުގެ ސަބަބުން ކަމާބެހޭ ފަރާތްތަކުން ވަނީ ޖެނުއަރީ މަހުގެ 15 ވަނަ ދުވަހު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފަ އެވެ.

ފޯބޮސް މޫސުމާ ބެހޭ މަރުކަޒުގެ ޗީފް އެކްސްޕާޓް މިޚައިލް ލިއުސް ކަށަވަރުކޮށްދިން ގޮތުގައި އެސަރަހައްދުގެ ވެރިރަށް 51 އާއި 133 ސެންޓިމީޓަރާއި ދެމެދުގެ މިންވަރަކަށް ސްނޯ ވެހުނުއިރު، އަވަށްޓެރި ސޮސްނޮވްކާ އަވަށުގައި 163 ސެންޓިމީޓަރަށް ސްނޯ ވެހިފައި ވެއެވެ، މިއީ 21 ވަނަ ގަރުނު ފެށުނު ފަހުން އެންމެ ގިނައިން ސްނޯ ޖަމާވި އަދަދެވެ.

ހިއްސާ ކުރައްވާ!