ހަތަރު ލައްކައަށް ވުރެން ގިނަ މީހުން ރަޝިޔާގެ ސިފައިންނާ ގުޅިއްޖެ

ރަޝިޔާގެ ސަލމާތާ ބެހޭ މަޖިލީހުގެ ނާއިބް ރައީސް ޑިމިޓްރީ މެޑްވެޑޭވް ވިދާޅުވަނީ ވަނީ މިދިޔަ އަހަރު ރަޝިޔާ ސިފައިންގެ ތެރެއަށް މީހުން ވެއްދުމަށް ހުޅުވާލުމާ ގުޅިގެން އާންމުންގެ ފަރާތުން ލިބުނު ތަރުހީބަށް ޝުކުރު އަދާ ކުރައްވާފައެވެ.

އެ ރިކްރޫޓްމަންޓް ޑްރައިވްގެ ނަތީޖާތައް ބަޔާންކުރައްވަމުން ރަޝިޔާގެ ޑްރޯން ޔުނިޓްތަކުގެ ޕާފޯމަންސްއާ ބެހޭ ބައްދަލުވުމެއްގައި މެޑްވެޑޭވް ވިދާޅުވަނީ އެކަމާ ގުޅޭ ރިޕޯޓެއް ރައީސް ވްލަޑިމިއާ ޕޫޓިންއަށް ހުށަހަޅާފައިވާކަން ފާހަގަކުރައްވާފަ އެވެ.

އޭނާ އިތުރަށް ވިދާޅުވީ، ރަޝިޔާ ރައްޔިތުންގެ ތެރޭން ހިލޭސާބަހަށް 32،000 މީހުން ޑްރޯން ސާވިސްއާ ގުޅިފައިވާ ކަމަށެވެ. އަދި، އެކަމަށް ބޭނުންވާ ކޮންޓްރެކްޓްތަކުގައި ސޮއިކޮށް ނިމިފައިވާ ކަމަށެވެ.

ޑިމިޓްރީ މެޑްވެޑޭވް އިއުލާން ކުރެއްވި ގޮތުގައި 2025 ވަނަ އަހަރު ރަޝިޔާގެ ސިފައިންގެ ހިލޭސާބަހަށް ޚިދުމަތް ކުރުމަށް 422،704 ފަރާތަކުން ޑިފެންސް މިނިސްޓްރީގައި ސޮއިކުރި އެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި ކޮންޓްރެކްޓް ސާވިސް މެދުވެރިކޮށް ސިފައިން ހަރުދަނާ ކުރުމަށް ސިފައިންގެ އެންމެ މަތީ ކޮމާންޑަރ އިން ޗީފް ރައީސް ޕޫޓިން ކަނޑައެޅުއްވި މަސައްކަތުގެ ނަތީޖާ ހާސިލު ކުރެވިފައިވާ ކަމަށެވެ.

އަދި މެދްވެޑޭވް ވިދާޅުވީ ރައީސް ޕޫޓިން ނެރުއްވި ޚާއްސަ އަމުރެއްގައި ބަޔާންކުރައްވާފައިވާ ގޮތުގެ މަތިން ޒުވާނުންނަށް ލާޒިމު ހިދުމަތްތައް މިހާރު ކުރިއަށް ގެންދާ ކަމަށެވެ.

ހިއްސާ ކުރައްވާ!