ސެމިނާރެއް ނޫނީ ޓްރެއިނިންއެއް ބޭއްވުމަށް މާލެއިން ތަނެއް ނުލިބިގެން އުޅޭކަށް ނުޖެހޭނެއެވެ. "ފަންނު ވެހި" މިހާރު ވަނީ ސެމިނާރތަކާއި ކިލާސް ނަގައި ދިނުމަށާއި ވޯކްޝޮޕްތައް ބޭއްވުމަށް ފައްކާ ކުރެވިފައެވެ.
ފަންނުވެއްސަކީ، މަޖީދީ މަގަށް ވާގޮތަށް ފަސޭހައިން ވަދެނިކުމެވޭ ގޮތަށް، މާފަންނު ސަހަރާ ކުރިމަތީގައި ހުރި ބިލްޑިންއެއްގައި ޖާގަ ތަނަވަސްކޮށް ތައްޔާރުކޮށްފައިވާ ތަނެކެވެ. 27 މީހުންގެ ޖާގައިގެ މި ސެމިނާރ ހޯލުގައި، 4ކޭ ޕްރޮޖެކްޓަރާއި ފްލިޕްޗާޓާ ފަދަ ވަސީލަތައްތައް ހިމެނިފައި ވެއެވެ. އަދި ބޯފެނާއި ފާޚާނާއާއި ކޮފީގެ އިންތިޒާމުވެސް އެ ހޯލުގައި ހަމަޖެހިފައި ވެއެވެ.
ހަފްތާގެ ހުރިހައި ދުވަހަށް ބުކް ކުރެވޭ ގޮތަށް، ނޫނީ ދިގު މުއްދަތަކަށް ބުކް ކުރެވޭ ގޮތަށް ވެސް ހަމަޖެހިފައި ވެއެވެ. އަދި ދިގު މުއްދަތަށް ހިފާ ފަރާތްތަކަށް ޚާއްސަ އަގުތަކެއްވެސް ހަމަޖެހިފައި ވެއެވެ.
މާލޭގައި ކުއްލިއަކަށް ބައްދަލު ވުމެއް ބާއްވަން ނޫނީ، ޓްރެއިނިންއެއް ބާއްވަން ޖެހިގެން ޖާގަ ނުލިބިގެން އުޅޭކަށް ނުޖެހޭނެއެވެ. "ފަންނު ވެހި ބައި ސްޓީލް ހަރޑްވެއަރ" އިން މިހާރު އެވަނީ އެކަމަށް ޙައްލު ހޯދައި ދީފައެވެ.



